ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް – ޗައިނާ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

"7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް – ޗައިނާ 2017" ގައި ބައިވެރިވުމުގެ ފުރުޞަތު

"7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް – ޗައިނާ 2017" ޗައިނާގެ ނެޝަނަލް މިއުޒިއަމް، ބޭޖިންގގައި 24 ސެޕްޓެންބަރު 2017 އިން 15 އޮކްޓޫބަރު 2017 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓުގައި ދިވެހިރާއްޖޭގެ 4 ކުރެހުންތެރިންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައިވެއެވެ.

ވީމާ، މި ބިއެނާލްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތަކުން 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ޕްރޮފައިލާއި ސީވީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ސީވީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށޭނަ ފަރާތްތައް ހޮވާނީ މި ސެންޓަރުން އިވޭލުއޭޓް ކުރުމަށް ފަހުއެވެ. މި ބިއެނާލްއާ ގުޅޭ މަޢުލޫމާތު http://www.bjbiennale.com.cn މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

2 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ