މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 އަށް ބޭނުންވާ ޚިދުމަތްތައް

މި މިނިސްޓްރީން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 އަށް ތިރީގައި މިދަންނަވާ ޚިދުމަތްތައް ބޭނުންވެއެވެ.

މަސއްކަތުގެ ތަފުސީލު

ބޭނުންވާ އަދަދު

ޓްރެއިނިންގ ޕްރޮގްރާމް ބޭއްވުމަށް ބޭނުންވާނެ ހޯލެއް (ކުއްޔަށް ހިފުމަށް، 45 މީހުންގެ ޖާގައިގެ)

1 ޓްރެއިނިންގހޯލް

ހެނދުނުގެ ޓީ ބްރޭކް (45 މީހުންނަށް)

މެންދުރުގެ ކެއުން (45 މީހުންނަށް)

ހަވީރުގެ ސައިފޮދު (45 މީހުންނަށް)

21 ދުވަހަށް ހެނދުނާއި ހަވީރުގެ ސައި އަދި މެންދުރުގެ ކެއުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 އޮކްޓޫބަރު 2016
ހޯދާ