ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
2017 ވަނަ އަހަރު ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ވައްދަން ހުޅުވާލުން

އިޢުލާން

2017 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ޕްރީސްކޫލް މަރުޙަލާއަށް ކިޔަވައިދޭން ހަމަޖެހިފައިވާތީ، މި ސްކޫލުގެ އެލް.ކޭ.ޖީ އަށާއި، ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފަރާތްތަކަށް، ދަރިވަރުން ވައްދަން އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން "2017 ވަނަ އަހަރު އެލް.ކޭ.ޖީ އަށާއި، ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި ފޯމު މި ސްކޫލުގެ އޮފީހުން 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

09 އޮކްޓޫބަރު 2016
ހޯދާ