މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ނަންބަރު: IUL)23-ES/1/2016/128) އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު

01

ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން / ސެކްޝަން/ޔުނިޓް

ސަޕްލައި މެނޭޖްމަންޓް އެންޑް ލޮގިސްޓިކް

ތަޢުލީމާއި ތަޖުރިބާ

 

  1. ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. ޕަބްލިކް ހެލްތު، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ މެޑިކަލް ސަޕްލައިޒާއި އިކްއިޕްމަންޓްސް އެތަންތަނަށް ފޯރުކޮށްދިމުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

ޕްރެޒެންޓޭޝަން ހުށަހެޅުން

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ.

  1. ޕްރެޒެންޓޭޝަން ދޭނީ އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެއް މެދުވެރިކޮށް ނުވަތަ ހޭންޑްއައުޓްގެ އެހީގައެވެ.
  2. ޕްރެޒެންޓޭޝަން ތައްޔާރުކުރަންވާނީ ދިވެހިބަހުންނެވެ.
  3. ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންވެސް ޕްރެޒެންޓޭޝަން ހުށަހެޅިދާނެއެވެ.
  4. ޕްރެޒެންޓޭޝަންގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުޢާމަލާތު ކުރުމުގެ ޤާބިލު ކަމަށެވެ.

ޕްރެޒެންޓޭޝަނުގައި ހިމަނަންޖެހޭނެ ބައިތައް

  1. ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރަފެއް.)
  2. ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އޭގެ ނަތީޖާތައް.
  3. ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެ ގޮތުގެ ތަޞައްވަރު.
  4. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތުގެ ތަޞައްވަރު.
  5. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަޞައްވަރު.
  6. ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެ ކަމަށް ފެންނަ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް.
  7. ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ގާބިލުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށްނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓްޓާރމް ޓްރޭނިންގ)

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާ އިންޓަރވިއު ކުރުން އޮންނާނީ އޮކްޓޫބަރުމަހުގެ ފަހުކޮޅުގައި ނުވަތަ ނޮވެންބަރުމަހުގެ 15ގެ ކުރިން. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

09 އޮކްޓޫބަރު 2016
ހޯދާ