މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެ ސިޓީގައި، ހުކުރުނަމާދާއި، ކޭތަނަމާދާއި، ޢީދުނަމާދު ކުރާނެ ފަރާތްތައް ހޯދުން

އިޢުލާން

މާލެސިޓީގައި، ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރާނެ ފަރާތްތައް ހޯދުން:

މާލޭސިޓީގައި، ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރާނެ ޚަޠީބުން ހޯދަން ބޭނުންވެއެވެ. ވީމާ، ހުކުރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން، 2016 އޮކްޓޫބަރުމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، މިކަމަށް އެދި، ސިޓީއަކުން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. އިމާމުވެ ޢީދުނަމާދު ކުރުމާއި، ހުކުރުނަމާދު ކުރުމުގެ ހުއްދައިގެ ކޮޕީ.

2. އެންމެ މަތީން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ