ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ކ. ތިލަފުށީ ތިލަފަޅުގެ 127 ހެކްޓަރ ހިއްކުމަށް ބޭނުންވާ ސޭންޑް ބަރޯ ސައިޓެއް ޤާއިމު ކުރުމަށްޓަކައި އީ.އައި.އޭ އެއް ހަދައި، އެއާ ގުޅޭ ޑޮކިއުމަންޓްތައް ތައްޔާރުކޮށްދޭނެ ލައިސަންސް އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު TCL/PROC-TA/2016/012 އިޢުލާނާ ގުޅިގެން ހުޅުވާލި ބީލަން ހުޅުވުމުގެ ފުރުޞަތުގައި، އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުން

ޓީސީއެލް ހެޑްއޮފީސް

3 ދުވަސް (ރަސްމީ)

10 އޮކްޓޫބަރު 2016 އިން 12 އޮކްޓޫބަރު 2016 އަށް

09:00 އިން 15:00 އަށް

ޕްރީ ބިޑް މީޓިންގ އަދި ބީލަންފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

13 އޮކްޓޫބަރު 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

19 އޮކްޓޫބަރު 2016

14:00 ގައި

  • ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއް ނަމަ، އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރި ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައިގައި ބަންދުކޮށްފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަނުގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

5 މުޙައްރަމް 1438

Fen Building/ 4th floor                                                         ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                         އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                         ފޯން: 3307513 ، 3307515 ފެކްސް: 3307514

06 އޮކްޓޫބަރު 2016
ހޯދާ