މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސޯޝަލްމީޑިއާ އެންޑް އައި.ޓީ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސޯޝަލްމީޑިއާ އެންޑް އައި.ޓީ އެގްޒެކެޓިވް

މުސާރަ: މަހަކު -/6,600 ރުފިޔާ

އެލަވަންސް: މަހަކު -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ އައި.ޓީ އެންޑް ރިސާޗް ސެކްޝަން 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސޯޝަލްމީޑިއާ / އައި.ޓީ. ގެ ދާއިރާގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުގެ އައި.ޓީ އެންޑް ރިސާޗް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.

- މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަދި ސޯޝަލް ނެޓްވާކަށް އަޕްލޯޑް ކުރުން.

- މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ވެބްސައިޓް، އަދި އީމެއިލް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ އައި.ޓީ ގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން.

- މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު އަޕްޑޭޓްކުރުން.

- މި ކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކާއި އެކި ކަންކަމަށް ބޭނުންވާ ތަކެތި ޑިޒައިންކޮށް ގްރެފިކްސް މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެ މަސައްކަތްތައް ކުރުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

:އިތުރު މަޢުލޫމާތު

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހުގެ އަދި އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަން އަދި ކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ