މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް، މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، އަދި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

މި މަޝްރޫޢުގެ ތެރެއިން، ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރުގައި މި ވަގުތު ހުރި އެޕްލަޔަންސްތަކުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިގޮތުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުށް ކުރެވުނު ނަންބަރު: (IUL)438-CCS/438/2016/223 (5 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކަކީ އެކަށީގެންވާ ބީލަންތަކަކަށް ނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް، ސިޓީއުރައެއްގައި ބަންދުކޮށް، ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ނަންބަރު: (IUL)438-CCS/438/2016/249  "    

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

06 އޮކްޓޫބަރު 2016
ހޯދާ