އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ޖެނެރަލް މެނޭޖަރ

ތަޢުލީމާ ތަޖުރިބާއާއި އިތުރު ޝަރުޠުތައް:

  1. ކުންފުނީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓާރސް ފުރިހަމަ ކޮށްފައިވުމާއެކު މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ކުންފުނީގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ފުރިހަމަ ކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  2. ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، ތަފާތު އެކި ފަންތީގެ މުވައްޒަފުންނާއެކު، ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރެވޭ ފަދަ ޤާބިލު ފަރާތެއް ކަމުގައިވުން.

  3. ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން.

  4. ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ ފަރާތުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޑިވެލޮޕްކުރުމާއި ބިޒްނަސް ޑިވެލޮޕްމަންޓުގެ ދާއިރާއިން ކުންފުނިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މެނޭޖްކޮށް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިޔުން. 
  2. ކުންފުނީގެ ފަރާތުން ހިންގާ އެކި އެކި ޕްރޮޖެކްޓްތައް މެނޭޖްކުރުން.
  3. ކުންފުނި ހިންގުމުގައި މެނޭޖިންގ ޑައިރެކްޓަރަށް އެއްބާރުލުން ދިނުން.
  4. ކުންފުނި ހިންގުމުގައި ހާލަތުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއެއް ސާބިތުކަމާއެކު އަދާކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްޓޫބަރު 10 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.

  • ސީވީ.

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  • ތަޢުލީމީ ސެޓުފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 އޮކްޓޫބަރު 2016
ހޯދާ