ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކެޕްޓަން (ލޯންޗް)

މަޤާމް :ކެޕްޓަން (ލޯންޗް)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ކެޕްޓަން (ލޯންޗް ކެޕްޓަން)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/8,000 ރުފިޔާއާއި -/ 12,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ތަން:

އޮފަރޭޝަންސް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ރ. ވަންދޫ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (12 މޭލަށްވުރެ ބާރަށް ދުވާ އުޅަނދުފަހަރު) ލިބިފައިވުމާއެކު، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ ނިޔަމިކަމުގެ ސެޓުފިކެޓު ލިބިފައިވުން.

3. ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

5. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކޯޕަރޭޝަނުން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުން.

2. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި، މަރާމާތުތައް ކުރުމާއި، ގެއްލުންތައް ރިޕޯޓްކުރުމާއި، މަރާމަތަށް ބޭނުންވާ ހުއްދަ ހޯދުމާއި، މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން.

3. އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، ކަމާ ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން.

5. އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6. މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގެ ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ www.wamco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ) 

4. ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާއި، ނިޔަމިކަމުގެ ސެޓުފިކެޓު.

5. ޕޮލިސް ރިޕޯޓް (ނެގި ފަހުން 3 މަސްދުވަސް ހަމަނުވާ)

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑިއާއި، ވަޒީފާއަށް އެދި ހުށަހަޅާނެ ތަން:

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާ) ހުށަހެޅުން އެދެމެވެ. މި މަޤާމަށް އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާނުކުރުން ބޭއްވޭނީ، 16 އޮކްޓޫބަރު 2016 އާއި 20 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއއްގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކަނޑައަޅާ ތަނެއްގައެވެ.

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި، ލިޔެކިޔުންތައް ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް 3000581 ނަންބަރު ފޯނަށް، ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016
ހޯދާ