މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ:

މި ރަށުގައި ހަދާ ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: (IUL)331/331/2016/33 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަދަދު މަދުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި އިޢުލާނުގައި ބަޔާންކޮށްފައިވާ 2 ބައި ކަމުގައިވާ އޮފީސްބަޔަށް ބޭނުންވާ ތަކެތީގެ ބަޔާއި، ކުޅިވަރު ސާމާނުގެ ބަޔަށް ވަކިން ނުވަތަ އެއްކޮށްވެސް އަގު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ބިޑަށް ކުރިމަތިލާ ފަރާތްތަކުން 2 ބައިގެ ތެރެއިން 1 ބަޔަށް އަންދާސީހިސާބު ހުށަހަޅަން ބޭނުންވެއްޖެނަމަ، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދިނުމަށް ހުޅުވާލަނީ، މި 2 ބަޔަކީ، ތަފާތު ދެ ކަމަކަށް ބޭނުންކުރާ ތަކެއްޗަށްވުމާއެކު، އެހެން ފަރާތަކުން ބައްލަވައިގަނެ ސަޕްލައިކޮށްދޭނަމަ، އަގުބޮޑުވުމުގެ ފުރުޞަތު އޮތުމާއި، ކުޅިވަރު ސާމާނު ރާއްޖޭގައި ވިއްކަވާ ފަރާތްތަކުން އޮފީސްބަޔަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނަމަ ދަތިތަކެއް ކުރިމަތިވެދާނެތީއެވެ.

1- އޮފީސްބަޔަށް ބޭނުންވާ ތަކެތި

ބޭނުންވާ އަދަދު

ތަފުސީލު

ބޭނުންވާ އަދަދު

ތަފުސީލު

1

އޮފީސް މޭޒު

1

ކޮމްޕިއުޓަރ ސިސްޓަމް

1

އެގްޒެކްޓިވް ޗެއަރ

1

ކޮމްޕިއުޓަރ ޓޭބަލް

40

ޕްލާސްޓިކް ގޮނޑި (އަތްގަނޑު ނުލާ)

1

ޕްރިންޓަރ (މަލްޓި ފަންކްޝަން)

15

ޕްލާސްޓިކް ގޮނޑި (އަތްގަނޑު ލީ)

1

ފައިލިންގ ކެބިނެޓް

1

އެމްޕްލިފަޔަރ 240 ވޯޓް

1

ޓީވީ (އެލް.ސީ.ޑީ *40)

2

ހޯން ސްޕީކަރ (އެމްޕްލިފަޔަރއާ ގުޅޭ ސައިޒް)

1

ޕްރޮޖެކްޓަރާއި ސްކްރީން

2- ކުޅިވަރު ސާމާނު

ބޭނުންވާ އަދަދު

ތަފުސީލު

ބޭނުންވާ އަދަދު

ތަފުސީލު

1

ޓޭބަލް ޓެނިސް މޭޒު

1

ގާލެންޑޯ ބޯޑު ހުރިހާ ތަކެއްޗާއެކު

50

ޓޭބަލް ޓެނިސް ބޯޅަ

1

ޕޫލް ޓޭބަލް ހުރިހާ ތަކެއްޗާއެކު

6

ޓޭބަލް ޓެނިސް ރެކެޓް

1

ޑާޓް ބޯޑު

2

ޓޭބަލް ޓެނިސް ދާގަނޑު

3

ޑާޓް ކަށިސެޓް

3

ޗެސް ބޯޑު

2

ކެރަމް ބޯޑުގެ ބޮޑުފޮތި

3

ޗެސް ކުޅިބައި

2

ކެރަމް ބޯޑުގެ ސްޓޭންޑް

3

ޗެސް ޓޭބަލް

2

ކެރަމް ފޮތިބައި

2

ކެރަމް ބޯޑު

 

 

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 24 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ