އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދުމަށް

އިޢުލާން

ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ގަތުމާ ބެހޭ:

މި ކައުންސިލުން ހަދަމުންދާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދަން ބޭނުންވެއްޖެއެވެ. މި ޕާކަށް ބޭނުންވާ އިކުއިޕްމަންޓްސްގެ ހުރިހާ ތަފުސީލެއް މަޢުލޫމާތުކަރުދާހުގައި ހުންނާނެއެވެ.

މި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލުގެ އިދާރާއަށް ދުރުވުމަށް ދެންނެވީމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 10:00 ގައި މި ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ، އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން އަގު ހުށަހަޅާއިރު ތަކެތި ކުރެޑިޓަށް ދޫކުރާނަމަ، ނުވަތަ ކުރެޑިޓަށް ދޫނުކުރާނަމަ، އެކަންވެސް ބަޔާންކުރަންވާނެއެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ