އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގައިވާ ބައެއް ތަކެތި ބަދަލުކުރުމާއި، ބައެއް ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިސްކިތަށް ތަކެތި ހޯދުމާއި މަރާމާތުކުރުމާބެހޭ            

ތިރީގައި މިދަންނަވާ 2 މިސްކިތުގައިވާ ބައެއް ތަކެތި ބަދަލުކުރުމާއި، ބައެއް ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މަސްޖިދުއްނަޞްރު
  1. ފެންޑާގެ 5 ފަންކާ ބަދަލުކުރުން.
  2. އިސްޕީކަރުތައް ބަދަލުކުރުން.
  3. މިސްކިތުގައި އަޅާފައިހުރި ރެނދުތައް ކަނޑައި ބެއްދުން.
  • ކުރީގެ ހުކުރުމިސްކިތް
  1. ދިޔަދޮވި ބަދަލުކުރުން. (މިސްކިތް ވަށައި)
  2. މަގުފާރުގެ އަރިއަޅާފައިވާ ބައި ނަގައި ތެދުކުރުން.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 10:30 ގައި ހަންޏާމީދޫ ކައުންސިލް އިދާރާގައެވެ.

އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 10:30 ގައެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އަގު ހުށަހަޅާ ފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި، ކުރުމަށް ހުށަހަޅާ މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ އަގަށާއި، މުއްދަތަށާއި، ތަޖުރިބާއަށް ބެލެވޭނެއެވެ. މިގޮތުން އަގަށް ލިބޭނީ 70 ޕޮއިންޓެވެ. މުއްދަތަށް 20 ޕޮއިންޓެވެ. ތަޖުރިބާއަށް 10 ޕޮއިންޓެވެ. މި ދެމިސްކިތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ވަކިވަކިންނެވެ.

29 ސެޕްޓެންބަރު 2016
ހޯދާ