ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހޯލު ޢިމާރާތުގައި ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ހޯލު ޢިމާރާތުގައި ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.                

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600314 ފޯނާ ގުޅުއްވުން އެދެމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ