އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުން

އިޢުލާން

އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުން:

އައްޑޫސިޓީގެ ވަނަވަރާ ގުޅުންހުރި މަޢުލޫމާތުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއް ލިޔުއްވަން ބޭނުންވެގެން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/207 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ, މި އިޢުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް މިފޮތް ލިއުއްވައިދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 2016، އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ.  

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ