ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ބޯފެން ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ފެންހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ބޯފެން ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން އެސްޓިމޭޓް އުސޫލުން ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ފޯނު ނަންބަރު 6600314 އާ ގުޅުއްވުން އެދެމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ