ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ހއ.ހޯރަފުށީ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޯޓުތަކުން ބާލައިގެން ގެެންގޮސް އެސްޓީއޯ ހއ.ހޯރަފުށީ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން ދައްކާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ ހއ.ހޯރަފުށީ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން ދައްކާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް 60-ADM/2016/203 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 13 ވާ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ހއ.ހޯރަފުށީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 13 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 16 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހއ.ހޯރަފުށީ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 20 ވާ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 24 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 31 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ހއ.ހޯރަފުށި ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344196 ،3344321
ފެކުސް: 3344633
އީމެއިލް: [email protected]