ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑިރެކްޓަރ، ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް

ރޭންކް:

އީ.އެކްސް. 1

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 25/3092 ރުފިޔާ (އަސާސީ މުސާރައިގެ 35%)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ޕަބްލިކް ޕޮލިސ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މެރިޓް އުސޫލުން ސިވިލް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލުތައް ހޯދުން. އަދި މެރިޓް އުސޫލުން ސިވިލް ސަރވިސްގެ މުވައްޒަފުން ހޮވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޢަމަލުކުރަމުންގެންދާ އުސޫލުތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  2. ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ އެސެސްކުރެވޭނެގޮތްތައް ހޯދުމާއި ކަނޑައެޅުމާއި އެކަންކަން ހިންގައި ބެލެހެއްޓުން.
  3. "ސީއެސް ވިއުގަ 2.0" އާގުޅޭ ގޮތުން ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ވިލަރެސްކޮށް، އެ ޕްރޮގްރާމް ތަރައްޤީކުރުމުގެ ގޮތުން ޕޮލިސީ އަމާޒުތައް ކަނޑައެޅުން.
  4. "ސީއެސް ވިއުގަ 2.0"، ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ނިޒާމު އަދި ސެކްޝަނުން ކުރިއަށްގެންދާ އެހެނިހެން ރިފޯމް-ބޭސްޑް މަސައްކަތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބަލައިގަންނަ މަސައްކަތްތަކެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ގޮތުން އެފަދަ މަސައްކަތްތައް ރާއްޖެއާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ތަފާތު އެވޯޑްތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި، ވިލަރެސްކޮށް، ހިންގައި ބެލެހެއްޓުން.
  5. ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ބޭނުންކުރާ އިމްތިޙާނުތައް ވިލަރެސްކުރުމާއި ސުވާލު ބޭންކް ތަރައްޤީކޮށް ބެލެހެއްޓުމާއި ކޮމިޝަނުގެ ފަރާތުން ބާއްވާ އިމްތިޙާނުތައް ހިންގައި ބެލެހެއްޓުމާއި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން އަދި މި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވައިލައި މުރާޖަޢާކުރުމުގެ މަސައްކަތްކުރުމާއި ބެލެހެއްޓުން. އަދި މި މަސައްކަތުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ސިވިލް ސަރވިސްގައި ހިމެނޭ އިދާރާތަކުގެ އިދާރީ އޮނިގަނޑު، ނަތީޖާ ހާސިލުވާނެގޮތަށް ފަރުމާކޮށް ބައްޓަންކުރުމަށް، އެ އިދާރާތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި މި މަސައްކަތުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ފަރުމާކުރުމުގައި ނުވަތަ މުރާޖަޢާކުރުމުގައި އެ އޮފީސްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
  10. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި ގައިޑްލައިންތައް ހެދުމަށް ބޭނުންވާ ލަފާދިނުމާއި އެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  11. ސިވިލް ސަރވިސްގެ ކެރިއަރ ފީލްޑްސް (ވަޒީފާގެ ދާއިރާތައް) ޤާއިމުކޮށް، ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމުގައި މަސައްކަތު ދާއިރާ ކަނޑައެޅުމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  12. ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠުތަކާއި މަސައްކަތް ހިންގުމަށްޓަކައި ބޭނުންވާ ޢާންމު މަޤާމުތަކާއި އެހެނިހެން ފަންނީ މަޤާމުތަކުގެ ސްކިލް ސެޓްތަކާއި ޝަރުޠުތައް އެކުލަވާލުމާއި އެ މަސައްކަތް ރާވާ ހިންގުން.
  13. ސިވިލް ސަރވިސްގެ މަޤާމުތަކާއި މުވައްޒަފުންގެ މަޢުލޫމާތު އަދި މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭ މަސައްކަތް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ހިންގައި ބެލެހެއްޓުމާއި އިތުރަށް ފުރިހަމަކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ހިންގައި ބެލެހެއްޓުން.
  14. ޕަރމަނަންޓް ސެކްރެޓަރީންނާއި އިދާރާތަކުގެ އޮނިގަނޑުގައިވާ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ވަޒީފާއާގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ސަރވިސްގެ އިދާރާތަކުން ލަފައަށް އެދޭ ކަންތައްތަކުގައި ލަފާ ދިނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  16. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި، ކޮމިޝަނުގެ ނިންމުންތަކާއި އެއްގޮތަށް މަސައްކަތުގެ ޕްލޭންތައް ހަދައި، ހިންގައި ބެލެހެއްޓުން.
  17. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ކަންތައްތަކުގައި ހަދަންޖެހޭ ދިރާސާތައް ހެދުމާއި ހޯދުންތައް ހޯދުމާއި އެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  18. ސެކްޝަންގެ މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ވާޖިބުތައް މުވައްޒަފުން އަދާކުރަމުން ގެންދާގޮތް މޮނިޓަރކޮށް ބަލައި، ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފަޔާ އިރުޝާދުދިނުން އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  19. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
  20. ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރަމުންދާގޮތް މޮނިޓަރ ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް މީހުން ހޮވުމުގައި ޕޮއިންޓް ދެވޭނެ ކްރައިޓީރިއާ:

  • މި އިއުލާނާއެކުގައި "ޑިރެކްޓަރ، ޕޮލިސީ އެންޑް އޯގަނައިޒޭޝަންގެ މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާ" ގައިވާ ގޮތަށް.

އިމްތިހާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިމްތިޙާނާއި އިންޓަރވިއުއާއި ޕްރެޒެންޓޭޝަން 2016 އޮކްޓޫބަރު 23 އާއި 2016 އޮކްޓޫބަރު 31 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

2 މުޙައްރަމް 1438 

03 އޮކްޓޫބަރު 2016
ހޯދާ