އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭ ހޮސްޕިޓަލުގެ ލޯގޯ ހެދުމުގެ މުބާރާތް

ހުޅުމާލޭ ހޮސްޕިޓަލުގެ ލޯގޯ ހެދުމުގެ މުބާރާތް

ތަޢާރަފު:

  • ހުޅުމާލެ ހޮސްޕިޓަލްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް އާންމުނަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތައް، ތިރީގައި ބަޔާންވެފައިވާ މުބާރާތުގެ މިންގަނޑުތަކަށް އެއްބަސްވާންވާނެއެވެ.

ބައިވެރިވުމުގެ ފުރުޞަތު:

  • ދިވެހި ކޮންމެ ރައްޔިތަކަށް މި ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފާވެއެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި:

  • 20 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން

މުބާރާތުގެ ބައިވެރިންގެ ކިބައިން އެދެވިގެންވާ ކަންތައް:

  • ހުޅުމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތަކާ ގުޅޭ ލޯގޯއެއް ފަރުމާކުރުން

  • ފަރުމާ ކުރެވިފައިވާ ލޯގޯއާ ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ކިޔައިދެވިފައިވުން

  • ބަޔާންވެފައިވާ ފޯމެޓްތަކަށް ފަރުމާކުރެވިފައިވާ ލޯގޯ ހެދުން

    -  ވެބް ވާޝަން

    -  ސްކޭލަބަލް ވެކްޓަރ

    -  ޕްރިންޓް ކޮލިޓީ ވާޝަން

  • ލޯގޯ ފޮނުވައްވަން ވާނީ: [email protected]

  • ފުރިހަމަ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރެއް ހުށަހެޅުމުގައި ހިމެނުން

މިންގަނޑުތައް:

  • ލޯގޯ ވާންވާނީ ޒަމާނީ، އުފެއްދުންތެރި، އަމިއްލަވަންތަ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މަސައްކަތްތަކާ ގުޅުން ހުރި ލޯގޯއަކަށެވެ.

  • ހުޅުމާލޭ ހޮސްޕިޓަލުގެ ނަން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެވިފައި ވާންވާނެއެވެ.

  • ފަރުމާގައި ބޭނުންކުރާ ކުލަތައް ފަށުވިވާންވާނެއެވެ. އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.

ފޯމެޓް:

  • .png, .jpeg, .psdމި ތިން ފޯމެޓުގައި ލޯގޯ ހުށަހަޅަންވާނެއެވެ.

  • ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 300 dpi އެވެ.

  • ލޯގޯގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓްއެއް ފޮނުވަންވާނެއެވެ. (10MB އަށް ވުރެ ކުޑަ)

  • ލޯގޯގައި ބޭނުންކޮށްފައިވާ ފޮންޓަކީ ސްޓެންޓަރޑް ފޯންޓެއް ކަމުގައި ނުވާނަމަ، އެ ފޮންޓެއް ލޯގޯއާއެކު ހުށަހަޅަންވާނެއެވެ.

  • ލޯގޯ ހޮވިއްޖެކަމުގައި ވާނަމަ، ލޯގޯގެ ހައި-ރިސޮލިއުޝަން ވެކްޓަރ ފައިލެއް ހުށަހަޅަންވާނެއެވެ.

ލޯގޯ ހޮވުމުގެ އުސޫލު:

  • ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.

އިނާމު:

  • 1 ވަނައަށް ހޮވޭ ފަރާތަކަށް ލިބޭ އިނާމަކީ -/10,000 (ދިހަ ހާސް) ރުފިޔާއެވެ.
01 އޮކްޓޫބަރު 2016
ހޯދާ