ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ރިސްކް އެނަލިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމު: ރިސްކް އެނަލިސްޓް

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން: ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ޚާއްޞަވެގެންވާ ޒިންމާތައް

  • ކުންފުންޏަށް ހުށެހެޅޭ އެކިއެކި އިންވެސްޓްމަންޓް ޕްރޮޕޯސަލްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ރިސްކް އެސެސްމަންޓުތައް ހެދުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން.

  • ކުންފުނިން ހިންގާ އިންވެސްޓްމަންޓް މަސައްކަތްތަކުގައި ޑިޕާޓްމަންޓް ހެޑަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.

  • ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

  • ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ އެޑްވައިޒަރީ ސަރވިސަސްތަކުގައި ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.

  • ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމާއި ރިޕޯޓު ތައްޔާރުކުރުން.

  • ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓުތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަ ކަމާގުޅޭގޮތުން، ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.

  • އިންވެސްޓްމަންޓް ޕޮލިސީތައް އެކުލަވައިލުމުގައި ހެޑް އޮފް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

  • ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރސް އެކުލަވައިލުމުގައާއި އިންޓަރނަލް ކޮންޓްރޯލްސް ވަރުގަދަ ކުރުމުގައި ހެޑް އޮފް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.

  • މާލީ ގުޅުން ތަކާބެހޭގޮތުން މެނޭޖްމަންޓުން ބޭނުންވާ އެޑް-ހޮކް ރިޕޯޓު ހުށަހެޅުން. 

ތަޢުލީމީ ފެންވަރު

  • އޭ.ސީ.ސީ.އޭ ޕްރޮފެޝަނަލް ލެވެލް ނިންމާފައިވުން، ނުވަތަ

  • ފައިނޭންސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ފައިނޭންޝަލް ދާއިރާގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.

ކޮންޕަންޒޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތަށް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.

  • މައިކްރޯސްފްޓް އޮފީސް އަދި އެކައުންޓިން ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.

  • މަލްޓި ޓާސްކްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން.

  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ހާސިލުކުރާ ފަރާތެއްކަމުގައި ވުން.

  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން. 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

މއ. ސެމީ ޑީލް، 2 ވަނަ ފަންގިފިލާ،

ޗާންދަނީ މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ. 

28 ސެޕްޓެންބަރު 2016
ހޯދާ