މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބުގައި ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ޕްރެޒިޑެންޓް
  • ވައިސް ޕްރެޒިޑެންޓް
  • ޓްރެޜަރަރ
  • ފުރިހަމަ މެންބަރުގެ ތެރެއިން އިންތިޚާބުކުރާ 5 މެންބަރުން
  • އަމިއްލަ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ 1 މެންބަރު

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު 2016 އޮކްޓޫބަރު 4 އިން 2016 އޮކްޓޫބަރު 10 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ހ.ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަމިއްލަ މެންބަރުން ފޯމު ހުށަހަޅުއްވާއިރު، އެސޯސިއޭޝަންގައި ރަޖިސްޓަރީކުރުމަށްފަހު މެންބަރޝިޕް ފީ ދެއްކި ރަޝީދުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ފޯމު ހުށަހެޅުއްވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 13:30 އެވެ. ފޯމު ހުށަހެޅުއްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ކަމަށް ފޯމުގައި ބުނެފައިވާ ތަކެތި ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށްފަހު ފޯމު ބަލައިގަތްކަމުގެ ލިޔުން ހޯއްދެވުން އެދެމެވެ.

2 މުޙައްރަމް 1438

03 އޮކްޓޫބަރު 2016
ހޯދާ