ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ބ.އަތޮޅު ގޮފި ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮފީހުގެ ބ.އަތޮޅު ގޮފި ހިންގާނެ ޢިމާރާތެއް ބ.އޭދަފުށިން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުން ނަންބަރު IUL)196-C/1/2016/81) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުގެ ހެދުނު 10:30 އަށް ބ.އޭދަފުށީގައި ހުންނަ މި އޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު، މި އޮފީހުގެ ބ.އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 6608501/  3003287 ފޯނާ ގުޅުއްވުން އެދެމެވެ.

 02 މުޙައްރަމް 1438

03 އޮކްޓޫބަރު 2016
ހޯދާ