މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލް

އިޢުލާން

މަޤާމު:                        ޕްރިންސިޕަލް

ބޭނުންވާ އަދަދު:                  01

ވަޒީފާއޮތް އޮފީސް:                އަބޫބަކުރު ސްކޫލް

ގިންތި:                       ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :      އަބޫބަކުރު ސްކޫލް

ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންސިޕަލް

 

 

MS2

 

ޓީޗިން ސަރވިސް އޮފިސަރ 3

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/6,295

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ

ޕްރިންސިޕަލް

MS3

ޓީޗިން ސަރވިސް އޮފިސަރ 4

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު

-/7,035

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ

ޕްރިންސިޕަލް

MS4

ޓީޗިން ސަރވިސް އޮފިސަރ 5

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7,875

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

ޕްރިންސިޕަލް

EX1

ޓީޗިން ސަރވިސް އޮފިސަރ 6

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/8,835

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

ޕްރިންސިޕަލް

EX2

ޓީޗިން ސަރވިސް އޮފިސަރ 7

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 7  ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/9,890

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

 

ޕްރިންސިޕަލް

EX3

ޓީޗިން ސަރވިސް އޮފިސަރ 8

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/11,065

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

ޕްރިންސިޕަލް

EX4

ޓީޗިން ސަރވިސް އޮފިސަރ 9

 

 

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހަކު

-/12,400

ރުފިޔާ

 

 

މަހަކު

-/2,500

ރުފިޔާ


 

ޕްރިންސިޕަލް

EX5

ޓީޗިން ސަރވިސް އޮފިސަރ 10

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/13,890

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

ޕްރިންސިޕަލް

EX6

ޓީޗިން ސަރވިސް އޮފިސަރ 11

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/15,560

ރުފިޔާ

 

މަހަކު

-/2,500

ރުފިޔާ


 

އިތުރުގަޑީގެ ފައިސާ:

- އިތުރުގަޑީގައި މަސައްކަތް ކުރައްވަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތަކާއި ޤައުމީ މަންހަޖާ އެއްގޮތްވާގޮތުގެ މަތިން އުނގަންނައިދިނުމުގެ ހަރަކާތްތައް ރާވައި ހިންގުން.

2- ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ހަރަކާތްތައް ރާވައި ހިންގުން.

3- ދަރިވަރުންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ރަނގަޅު އާދަތައް ހަރުލެއްވުމަށް ހަރަކާތްތައް ރާވައި ހިންގުން.

4- ވަށައިޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން.

5- ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން.

6- ދަރިވަރުންނަށް ފައިދާވާނެހެން ސްކޫލުގެ ހަރަކާތްތައް ރާވައި ތަންފީޒުކުރުން.

7- ސްކޫލުގެ ވިޝަން، މިޝަން، ސްކޫލުން ދެކޭގޮތް އަދި ފިލޯސަފީ އެކަށައަޅައި އެކުލަވައިލުން.

8- ރަނގަޅު ފެންވަރެއްގައި އުނގެނުމަށާއި ކިޔަވައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

9- ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ސްކޫލުގެ ޢިމާރާތްތަކާއި ފައިސާގެ ކަންކަން ބެލެހެއްޓުން.

10- ބެލެނިވެރިންނާއި ސްކޫލާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކޮށް ދެމެހެއްޓުން.

11- ކަންކަން ނިންމުމުގައި ހުރިހާ ދަރިވަރުންނަށް ހަމަހަމަގޮތެއްގައި ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.

12- ސްކޫލުގެ ކިޔަވައިދިނުމާ ގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުން.

13- ސްކޫލުގެ ސީނިއަރ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.

14- ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

15- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނާ ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

16- ސްކޫލް މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން.

17- ސްކޫލުގެ މާޙައުލު، ވަކިން ޚާއްޞަކޮށް ކްލާސްރޫމަކީ އުނގެނުމަށް މަގުފަހިވާ ތަނަކަށް ހެދުން.

18- ސްކޫލުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ރެކޯޑްކުރުމާއެކު، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

19- ސްކޫލުގެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.

20- ސްކޫލުގެ އެކިކަންކަމާ ބެހޭގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުން.

21- ސްކޫލުގެ ރިކޯޑުތައް ބެލެހެއްޓުން.

22- ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރަމުންގެންދާކަން ކަށަވަރުކުރުން.

23- ޕްރިންސިޕަލަކީ ސްކޫލް ހިންގުމާ ހަވާލުކުރެވޭ އެންމެ އިސްފަރާތަށްވުމާއެކު، ސްކޫލުން ރާވައި ހިންގާ ހުރިހާ ހަރަކާތްތަކެއްގެ ފުރިހަމަ ޒިންމާ، ޕްރިންސިޕަލް އުފުލަންޖެހޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރު (ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ).

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު 5 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނަށް އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިޔުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް، www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

  3. ހ. ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)

    ށ. ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    ނ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.)

    ރ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތަކުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 ސުންގަޑި:

- ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 1400 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.    

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3341422 / 3323262

ފެކްސް: 3321201

އީމެއިލް އެޑްރެސް: [email protected]

1 މުޙައްރަމް 1438

02 އޮކްޓޫބަރު 2016
ހޯދާ