މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްޓޭޓް އޮފް އެންވަޔަރަމަންޓް ރިޕޯޓު ރިވިއުކޮށް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ސްޓޭޓް އޮފް އެންވަޔަރަމަންޓް ރިޕޯޓު ރިވިއުކޮށް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ތައްޔާރުކުރަމުންދާ "ސްޓޭޓް އޮފް އެންވަޔަރަމަންޓް" ރިޕޯޓު ރިވިއުކޮށް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި

  • މި މަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ. ހިމަނައިގެން)
  • ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'ސްޓޭޓް އޮފް އެންވަޔަރަމަންޓް ރިޕޯޓު ރިވިއުކޮށް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

ބިޑް ހުޅުވުން

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާއިރު ސިޓީއުރައިގައި 'ސްޓޭޓް އޮފް އެންވަޔަރަމަންޓް ރިޕޯޓް ރިވިއުކޮށް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ ' މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ނޯޓު:

  • ހުށަހަޅަންވީ މަޢުލޫމާތުތައް ބިޑް ޑޮކިއުމަންޓުގައި ހަމަވުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018343/3018300 ނަންބަރު ފޯނަށެވެ.

03 އޮކްޓޫބަރު 2016
ހޯދާ