އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް، ކަރަންޓު ގުޅައި، ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ މީދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް، ކަރަންޓު ގުޅުމުގެ މަސައްކަތް

އައްޑޫސިޓީގެ މީދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް، ކަރަންޓު ގުޅައި، ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/2016/171 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުން އޮންނާނީ، 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައި އައްޑޫސިޓީގެ މީދޫއަވަށުގެ އޮފީހުގައާއި، މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މީދޫއަވަށުގެ އޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، މީދޫއަވަށުގެ އޮފީހަށެވެ. މި އިދާރާއިން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:00 ގައެވެ.

މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ