އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހި ޓީޗަރ (ސެކަންޑަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ދިވެހި ޓީޗަރ (ސެކަންޑަރީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީ ބައި                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޓައިމްޓޭބަލްގައި ހަވާލުކުރެވިފައިވާ މާއްދާތަކުގެ ސްކީމާއި، ލެސަން ޕްލޭނާއި، ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް ޓައިމްޓޭބަލްގައިވާ ގަޑިތައް ގަވާއިދުން ނެގުން.

2. ނަގަންޖެހޭ އެސެސްމެންޓްތައް ތައްޔާރުކޮށް، ގްރޭޑް ސުޕަވައިޒަރަށް ހުށަހަޅައި ޗެކްކުރުމަށްފަހު ނެގުމާއި، އެސެސްމެންޓް ނެގުމުގެ ކުރިން ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދީ، އެސެސްމެންޓް ނިމުމުން މާކުކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ނަތީޖާ ހިއްސާކޮށް، ރީޓެސްޓް ނަގަންޖެހޭ ދަރިވަރުންނަށް ރީޓެސްޓް ނަގައި، އެސެސްމެންޓް ޝީޓް ޗެކްކުރުމަށް ގްރޭޑް ސުޕަވައިޒަރާ ހަވާލުކުރުން.

3. ހަވާލުކުރެވިފައިވާ ކްލާސް ޓީޗަރުކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރުން.

4. ސެޝަންތެރޭގައި ހަވާލުކުރާ ބަދަލުގަޑިތައް ނަގައިދިނުމާއި، ބަދަލުގަޑިތައް ނަގައިދިނުމުގައި ލީޑިންގ ޓީޗަރުންނަށް އެއްބާރުލުން ދިނުން.

5. ހަވާލުކުރެވިފައިވާ ކްލާހުގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ގްރޭޑް ފެންވަރުގައި ދިވެހިބަހުން ލިޔަން، ކިޔާށާއި ވާހަކަދައްކަން ދަސްކޮށްދިނުން.

6. ދިވެހި ކުލަބުގެ ކޯޑިނޭޓަރުކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމާއި، ސްކޫލުގެ އިތުރު ހަރަކާތްތަކުގައި އެހީތެރިވުން.

7. ސްކޫލުން ކަނޑައަޅާ އުސޫލަކުން އިތުރު ކްލާސްތައް ނަގައިދިނުމާއި، ފެންވަރުދަށް ކުދިން ފާހަގަކޮށް، ރިމީޑިއަލް ކްލާސްތައް ނަގައިދިނުން.

8. ސެޝަން މީޓިންގތަކާއި، ކޯޑިނޭޝަން މީޓީންގތަކާއި، ސްކޫލުން އަންގާ އެހެނިހެން މީޓީންގތަކަށް ގަޑިއަށް ހާޒިރުވެ ބައިވެރިވުން.

9. ހަވާލުކުރެވިފައިވާ ކްލާހުގެ ދަރިވަރުންގެ ކިޔުމްލޭޓިވް ފައިލް ތައްޔާރުކޮށް ބެލެހެއްޓުމާއި، ކްލާސްތެރޭގައި ދިމާވާ އަޚްލާޤީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި، އަޅަންޖެހޭ ނުވަތަ އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ގްރޭޑް ސުޕަވައިޒަރަށް ދިނުން.

10. ރަސްމީ ސެޝަނުގެ އިތުރުން އެހެން ސެޝަނެއްގެ ކްލާސްތައް ނަގައިދޭން ޖެހިގެން ސްކޫލުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދިނުން.

11. ސަލާމާއި ޗުއްޓީ ނެގުމުގެ ކުރިން ގްރޭޑް ސުޕަވައިޒަރާ މަޝްވަރާކުރުން.

12. ސްކީމް އޮފް ވޯކާއި، ލެސަން ޕްލޭނާއި، ދަރިވަރުންގެ ފީޑްބެކްތައް ސްކޫލުން ކަނޑައަޅާ އުޞޫލަކުން ތައްޔާރުކުރަމުން ގެންދިއުމާއެކު ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހުށަހެޅުން.

13. ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ސްކޫލުގެ ކަންކަމުގައި އަންނަ އާންމު ފަރާތްތަކާ މުޢާމަލާތުކުރުމުގައި މަޑުމައިތިރި ސާދާގޮތް ގެންގުޅުމާއި، އެފަރާތްތަކުން އެދޭ ކަންތައްތައް ވީ އެންމެ ރަނގަޅަކަށް ކޮށްދިނުމާއި، މުޖުތަމަޢާއި ސްކޫލާ ދެމެދު ބަދަހިގުޅުމެއް ޤާއިމުކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރުން.

14. ރަސްމީ ގަޑީގައި ސްކޫލަށް ހާޒިރުވާއިރު، ރަސްމީ ހެދުމުގައި ސްކޫލަށް ހާޒިރުވުމާއި، ރަސްމީގަޑީގައި ސްކޫލުގައި ވަގުތު ހޭދަކުރުން.

15. ހަވާލުކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމައި، މަސްއޫލިއްޔަތު އުފުލައި، ޒިންމާދާރުވުމާއި، ސްކޫލުގެ ކަންތައްތައް ހަރުދަނާކުރުމުގައި ފުރިހަމައަށް އެއްބާރުލުން.

16. ރަސްމީގަޑީގައި މަސައްކަތް ނިންމާނުލެވިއްޖެނަމަ، ނުވަތަ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށްޓަކައި ސްކޫލުގެ ފަރާތުން ނިކުތުމަށް އަންގައިފިނަމަ، އިތުރުގަޑީގައި ނިކުމެގެންވެސް، ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމުން.

17. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ އެންގުންތަކާއި، ސްކޫލުގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން، ސިވިލް ސަރވިސްގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.

18. ސްކޫލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފަށް ލިބިފައިވާ ހުނަރުވެރިކަމާއި ޤާބިލްކަން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

19. ތަނުގެ އާންމު މަޞްލަޙަތާއި ތަކެއްޗާއި އެހެނިހެން މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުރުހެލިވުމާއި، އެފަދަ ކަންކަމުން ސްކޫލުގެ ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

20. ސްކޫލުން ހާސިލުކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ މުވައްޒަފެއްގެ ދާއިރާއިން ވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

21. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ސްކޫލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.     

މަޤާމުގެ ޝަރުޠު:                                              

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10640 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10320 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10100 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

މަހަކު -/9910 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9850 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9360 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

މަހަކު -/8440 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

މަހަކު -/8250 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7840 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7450 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

މަހަކު -/7070 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.             

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނެ ތާރީޚަކާއި ވަގުތެއް، ވަގުތުއޮއްވައި އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވެއްޖެނަމަ ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އިދާރާއަށެވެ. އީ. މެއިލްކުރަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6660020 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016
ހޯދާ