ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ރެސްޓްރޫމުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރަން

އިޢުލާން 

ފުޓްބޯޅަދަނޑުގެ ރެސްޓްރޫމް މަރާމާތުކުރުން

މި ރަށުގެ ރަސްމީ ފުޓްބޯޅަދަނޑުގެ ރެސްޓްރޫމުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.  

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވިކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މި ދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް 70 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 10 ޕޮއިންޓް

ފަންނީ ޤާބިލުކަމަށް 15 ޕޮއިންޓް

މުއްދަތަށް 5 ޕޮއިންޓް

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް ޕޮއިންޓްދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                        

28 ސެޕްޓެންބަރު 2016
ހޯދާ