ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ޢިމާރާތްކުރުމާބެހޭ

އިޢުލާން

ކުނިކޮށި ޢިމާރާތް ކުރުމާބެހޭ

ހަނިމާދޫ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކުނި ނަންތާލުމުގެ މަޝްރޫޢުގައި ހިމަނައިގެން ބޭނުންކުރެވޭ ވެހިކަލްތަކާއި ހިފައިގެންގުޅޭ ތަކެއްޗާއި، އިދާރީ މަސައްކަތްތައް ހިންގުމަށްޓަކައި ކުނިކޮށީގައި ޤާއިމުކުރެވޭ ވަސީލަތްތައް ހިމެނޭ ޢިމާރާތް މި ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުން ތަކާއި އެއްގޮތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2016 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 16 އޮކްޓޯބަރ 2016 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016
ހޯދާ