މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާބިލްޑިންގ 2 ގެ ތިރީބުރިއާއި ފުރަތަމަބުރި (2520 އަކަފޫޓު) ކުއްޔަށްދިނުން

އިޢުލާން

ފިހާރަ ކުއްޔަށް ދިނުން:       

ތިރީގައި މިވާ ތަން 5 (ފަހެއް) އަހަރަށް ކުއްޔަށްދޫކުރުމަށް ބޭނުންވެއްޖެއެވެ.

  • ފިލާބިލްޑިންގ 2 ގެ ތިރީބުރިއާއި ފުރަތަމަބުރި ( 2520 އަކަފޫޓު)             

މި ތަން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން "ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ލިބެންހުންނާނެއެވެ.                        

ކުއްޔަށްހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.   

29 ސެޕްޓެންބަރު 2016
ހޯދާ