މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ގަބުރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ރ.ވާދޫ ގަބުރުސްތާނު ހިމެނޭ ސަރަޙައްދުގެ މަގާއި ގަބުރުސްތާނުގެ އެތެރެ ވިނަ ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ ހެނދުނު 12:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ ހެނދުނު 12:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

‏27‏ ޛުލްޙިއްޖާ‏ 1437

29 ސެޕްޓެންބަރު 2016
ހޯދާ