ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލް ކުރުމާއި އަދި އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުން.

އިޢުލާން

އެސްޓީއޯ ހދ. ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުން

އެސްޓީއޯ ހދ.ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 2 އަހަރުދުވަހުގެ މުއްދަތަށް އިންސްޓޯލްކުރުމާއި، އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/214/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 06 ވަނަ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 06 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 09 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައި އޮންނާނެއެވެ. 

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ. 

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 20 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު:, 33443713344262

ފެކްސްް:  3344633

އީމެއިލް: [email protected]

 

28 ސެޕްޓެންބަރު 2016
ހޯދާ