މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ލޯޔަރ

އިޢުލާން

މި ކުންފުނީގެ ނަންބަރު 113HR/I-2016/74 އިޢުލާނުގައިވާ އެސިސްޓަންޓް ލޯޔަރުގެ މަޤާމަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

މަޤާމު:

އެސިސްޓަންޓް ލޯޔަރ

ބޭނުންވާ އަދަދު

02

މުސާރަ:

މަހަކު -/8000 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/10000 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/4000 ރުފިޔާއާއި -/6000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑީޕާޓްމަންޓް:

އެޑްމިނިސްޓްރޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓް

އަސާސީ ޝަރުޠު:

- ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން ޑިގްރީ ލެވެލްގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.

- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

- ވިޔަފާރީގެ އެކިއެކި މަޢުލޫމާތްތަކުގައި ކުންފުންޏަށް ލަފާދިނުމާއި، ކުންފުންޏަށް އެކިއެކި ފަރާތްތަކުން ދޭންޖެހޭ ފައިސާއާއި ތަކެއްޗާއި ޚިދުމަތް ހޯދުމާއި އެކިއެކި މަސައްކަތްތަކުގައި ކުންފުނީގެ ފަރާތުން ދަޢުވާ ހުށަހެޅުމާއި، ކުންފުންޏަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ކުންފުނީގެ ދިފާޢުގައި ވަކާލާތުކުރުމާއި ނުވަތަ ކުންފުންޏަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކާއި ކުންފުނިން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާބެހޭގޮތުން ކުންފުންޏަށް ލަފާދިނުން.

- ކޯޓުތަކުގައްޔާއި ސަަރުކާރު ހިއްސާވާ އެޖެންސީތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު ތަމްސީލުކުރުން.

- މައްސަލަތައް ހުށަހެޅުމަށާއި މައްސަލަތަކުން ދިފާޢުވުމަށްޓަކައި ޤާނޫނީ މަޢުލޫމާތު މުރާޖަޢާކޮށް ލަފާދިނުން.

- އެމް.ޕީ.އެލްއިން ހަދާ ޤާނޫނީ ލިޔުންތަކާއި ޕޯޓް ގަވާއިދުތަކާއި ޕޭޓެންޓް އެޕްލިކޭޝަންތަކާއި، ރަހުނާއި، ލީސް އަދި ކޮންޓްރެކްޓްތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- ޤާނޫނީ ގޮތުން އެމް.ޕީ.އެލްގައި ކުރަންޖެހޭ އިދާރީ ހިންގުމާބެހޭ ކަންތައްތައް ކުރުން.

- ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާކުރުމާއި މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ އިޖުރާއި ކަންތައްތައް ކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

- ދުވާލަކު 8 ގަޑިއިރު

ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހި ވަޑައިގަންނަވާ ސެޓުފިކެޓުތައް)

(އެކްރެޑިޓް ކުރައްވައި އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު)

ސުންގަޑި             

- 09 އޮކްޓޫބަރު 2016 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339      ފެކްސް: 3325293   އީމެއިލް: [email protected]

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

28 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ