އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާ ބްލޮކެއް މަރާމާތުކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ސީ ބްލޮކް އިމާރާތުގެ ފާޚާނާ ބްލޮކެއް މަރާމާތު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ކުރިން ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL) IS-B/2016/23 (9 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ބޭނުންވާ މަޢުލޫމާތާއެކު 3 ފަރާތުން އަގު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ޛުލްޙިއްޖާ 1437 

26 ސެޕްޓެންބަރު 2016
ހޯދާ