ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

މަޤާމު:                     ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ ޢަދަދު:                01

ރޭންކް:                     އީ.އެކްސް 5

ކްލެސިފިކޭޝަން:               ޑިރެކްޓަރ ޖެނެރަލް

މުސާރަ:                    މަހަކު -/13،890 ރުފިޔާ

ސަރވިސް އެލަވަންސް            މަހަކު -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:              ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި:                    ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:     ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން، މާލެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިދާރީ އަދި ފަންނީ ހިންގުމުގައި އިސްނަގައިގެން އިސްދައުރެއް އަދާކުރުން.

  2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތް ދުވަހުން ދުވަހަށް ބަލަހައްޓަވައި މަސައްކަތްތައް ރާވައި އިތުރަށް ކުރިޔަށް ގެންދިޔުން.

  3. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތާގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލުމަށާއި މަޝަރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ މިނިސްޓަރަށާއި ޕަރމަނަންޓް ސެކްރެޓަރީއަށް ދެމުން ގެންދިޔުމާއެކު އެގޮތުން އެކުލަވައިލެވޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.

  4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތާ ގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތް ކޮށް އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭނާއި އެކްޝަން ޕްލޭންތައް ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ކުރުން.

  5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް މިނިސްޓަރާއި ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދު ލިބިގެން ހެދުމާއި އިޞްލާޙުކުރުމާއި ތަންފީޒްކުރުން.

  6. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ވީހާވެސް ޚަރަދުކުޑަ، ލުއި ފަސޭހަ ގޮތަކަށް އަވަސް ޚިދުމަތް ދެވޭނެ ގޮތްތައް ހޯދައި ތަރައްޤީކޮށް އެކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި ޕްރޮސީޖާތަކާއި އުސޫލުތައް އެކުލަވައިލައި ޢަމަލުކުރަމުން ގެންދިޔުން.

  7. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި އެކަމަށް ބޭނުންވާނެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައް ހޯދައި އިންތިޒާމުކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކުގެ ތެރެއިން ކުރުން.

  8. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ މުވައްޒަފުންނާ ބެހޭ އެންމެހާ ކަންކަން ކަމާގުޅޭ ޤާނޫނުތަކާއި ސިވިލްސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ހިންގުން.

  9. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ މެންޑޭޓްގައި ހިމެނޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

  10. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިވިޝަންތަކުގެ މަސައްކަތްތައް ބެލެހެއްޓުން.

  11. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ސިޔާސަތު އެކުލަވައިލަންޖެހޭ ހުރިހާ ކަމެއް ފާހަގަކޮށް ހަޔަރ އެޑިއުކޭޝަން ކައުންސިލަށް ހުށަހަޅައިގެން ސިޔާސަތުތައް އެކުލަވައިލުމާއި އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭންއާއި އެކްޝަންޕްލޭންތައް ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތްކުރުން.

މަޤާމުގެޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއެއްގައި 10 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުތަތަ
  4. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  6. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  7. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 16– 27 އޮކްޓޯބަރ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކާއި މަތީ ތަޢުލީމުދޭ، ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

- ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ).

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 13.30 ގެ ކުރިން.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ނަންބަރު 3341303 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2016
ހޯދާ