ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

2017 ވަނަ އަހަރުން ފެށިގެން ކުރިއަށްއޮތް 3 އަހަރުދުވަހަށް މި ސްކޫލަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 13:30

ތަން: ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:30

ތަން: ތޮއްޑޫ ސްކޫލް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.

26 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ