ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ކާމޭޒުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މަރުކަޒުން ދޭ ކުރެހުމާއި މިންތަކާ އެއްގޮތަށް މި މަރުކަޒަށް ބޭނުންވާ ކާމޭޒުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 10:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވަޑައިގަނެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016
ހޯދާ