ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ޑަސްބިން އުކާލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މަރުކަޒުން އުކާލަންޖެހޭ ޑަސްބިން (ކާބޯތަކެތި އަދި މަސްކަނޑާފައި ހުންނަ ކަރުގޮހޮރު) މަރުކަޒުން ނަގައިގެން ގެންގޮސް އުކާލައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު HPSN-IL/2016/19 (21 ސެޕްޓެންބަރު 2016) އާ ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ނުވާތީ އެއިއުލާން ބާތިލްކޮށް، އަލުން މިމަރުކަޒުން އުކާލަންޖެހޭ ޑަސްބިން   ( ކާބޯތަކެތި އަދި މަސްކަނޑާފައި ހުންނަ ކަރު ގޮހޮރު ) މަރުކަޒުން ނަގައިގެން ގެންގޮސް އުކާލާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވަޑައިގަނެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ