މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   އޮފީސް އެސިސްޓަންޓް

މުސާރަ: މަހަކު -/3470 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ލީގަލް އެފެއާޒް

ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިނިސްޓްރީން ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރަން ދިއުން.

2- މިނިސްޓްރީއަށް ހޯދަން ޖެހޭ ތަކެތީގެ ކޯޓޭޝަން ތަންތަނުން ހޯދުން.

3- މިނިސްޓްރީގެ އެކި ތަންތަނުގައި ހުންނަ ސެކްޝަންތަކަށް ބޭނުންވާ ތަކެތި، އެ ސެކްޝަންތަކަށް ޙަވާލުކުރުން.

4- އޮފީހަށް ހޯދަން ބޭނުންވާ ތަކެތީގެ ޕީ.އޯ ހަދާފައިވާ ތަނަކަށް ގެންގޮސް އެ ތަންތަނުން ތަކެތި ނެގުން.

ނޯޓު:

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

- މި މަޤާމުގެ އިންޓަވިޔު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިޔު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.

  • ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  • ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ސުންގަޑި:2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން

  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016
ހޯދާ