މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދަމަނަވެށީގެ އިމާރާތުގެ އިންފާރުތެރޭގައި ހުރި ގަސްކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

ދަމަނަވެށީގެ އިމާރާތުގެ އިންފާރުތެރޭގައި ހުރި ގަސްކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް، އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/80 (21 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން  މައުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ 2016 އޮކްޓޫބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީވެ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮކްޓޫބަރު 04 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ސެޕްޓެންބަރު 2016
ހޯދާ