ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ފަޔަރވޯލް ލައިސަންސް ރިނިޔުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަޔަރވޯލް ލައިސަންސް ރިނިޔުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި ނަންބަރު IUL95-PM/1/2016/67 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް، 2ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މި ކޯޓުގެ މީޓިންގރޫމް 1 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/69_bid_info._sheet_-_checkpoint_firewall(1).pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ