މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކުއްޔަށް ހިފުން

ކުއްޔަށް ހިފުން

މާލެ ސިޓީގެ މާލެއިން ނުވަތަ ވިލިނގިލިން ބިމެއް ކުއްޔަށް ހިފުން:

މި ކުންފުނީގެ ބޭނުމަށް، މާލެ ސިޓީގެ މާލެއިން ނުވަތަ ވިލިނގިލިން ދިގު މުއްދަތަށް ބިމެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 04 ވާ އަންގާރަ ދުވަހު 14:00 އަށް، މި ކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހު 14:00 ގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ