ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނެއްލައިދޫގައި ބަށިކޯޓާއި ވޮލީކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޤާއިމުކުރެވޭ ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް މި އިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 4 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 11 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2016
ހޯދާ