މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކެމެރާއާއި ކެމެރާ ލެންސް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ކެމެރާއާއި، ކެމެރާލެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު 6/2016/155 138-AS (IUL) އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑްތަކުގެ ސްޕެސިފިކޭޝަން ދިމާނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.     

ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 03 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

26 ޛުލްޙިއްޖާ 1437

 

 

27 ސެޕްޓެންބަރު 2016
ހޯދާ