ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭގޮތުން ގަވާއިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޤާނޫނު ނަމްބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 182 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާ ބެހޭ ގޮތުން ގަވާއިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/66 (28 އޮގަސްޓު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06  އޮކްޓޫބަރު  2016

ބުރާސްފަތި

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

17  އޮކްޓޫބަރު  2016

ހޯމަ

11:00 (މެންދުރުކުރި)

27 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ