އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

          އިޢުލާން

މި ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 2 ވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 9:30 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ. ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 9:30 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ