މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުން ލާޒިމުކުރުން

ސަރކިއުލަރ

29 އޮގަސްޓު 2016 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2016/A7 (ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުން) އާ ހަވާލާދީ ދަންނަވަމެވެ.

ޓެކްސް ދައްކާ ފަރާތްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން މީރާއަށް ހުށަހަޅާ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 301) އާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން (MIRA 206)، މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި، އެއާ ގުޅޭ ފައިސާ މީރާކަނެކްޓް ނުވަތަ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް (އެމް.އާރ.ޓީ.ޖީ.އެސް) މެދުވެރިކޮށް ދެއްކުމަށް ހަވާލާދީފައިވާ ޓެކްސް ރޫލިންގއިން ލާޒިމުކުރެއެވެ.

މީރާކަނެކްޓަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތައް މީރާކަނެކްޓަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މަޢުލޫމާތު މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2016
ހޯދާ