ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި އެއް ކުލާސްރޫމް އިމާރާތްކުރުން

އިޢުލާން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

އަމިއްލަ ތަކެތީގައި އެއް ކްލާސްރޫމް އިމާރާތްކުރުން

މި ސްކޫލުގެ ނަންބަރު GS103/IUL/2016/19 އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އެއް ކްލާސްރޫމް އަމިއްލަ ތަކެތީގައި އިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ކުންފުނި/ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

23 ޛުލްޙިއްޖާ 1437

25 ސެޕްޓެންބަރު 2016
ހޯދާ