ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 1 ވަނަ ބުރު ބޭއްވުމާ ބެހޭ

އިޢުލާން

ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ފާސް ނެތް ފަރާތްތަކަށް ވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިނގިރޭސި ބަހުގެ އެންޓްރެންސް އިމްތިޙާނެއް މި ސެންޓަރުން ދަނީ ދެމުންނެވެ. މިގޮތުން 2017 ވަނަ އަހަރު ޖަނަވަރީގައި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް 2016 އޮކްޓޫބަރު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި އިމްތިޙާން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވި ކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، މި ފަރާތްތަކުގެ ޖާގަ މުޅިން ކަށަވަރުވާނީ، އިނގިރޭސި ބަހުގެ އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލު ކުރަންޖެހޭ ގޮތް:

  •  އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2016 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންއިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ނުވަތަ އިމްތިޙާން ހަދަން ބޭނުންވާ ކެމްޕަހުގެ އޮފީހަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒަށް ނުވަތަ ކެމްޕަހުގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

  •  އިނގިރޭސި ބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނާއި ކެމްޕަސްތަކުން ލިބެން ހުންނާނެއެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް:www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

  • އިމްތިޙާނުގެ ނަތީޖާ 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނާއި އިމްތިޙާން ހެދި ކެމްޕަހަކުން ލިބެން ހުންނާނެއެވެ.

25 ސެޕްޓެންބަރު 2016
ހޯދާ