މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އޮފިސަރ، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، އިންޓަރނޭޝަނަލް ޓެކްސޭޝަން (އޮފިސަރ، AOT)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (އޮފިސަރ، SO1) ނުވަތަ

އޮފިސަރ (ޓްރޭނީ)، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (އޮފިސަރ، AOT)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ ޑިޕާޓްމަންޓް / ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް ސެކްޝަން

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: މަހަކު -/7،000 ރުފިޔާ

އޮފިސަރ (ޓްރޭނީ): މަހަކު -/4،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސީނިއަރ އޮފިސަރ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/65 ރުފިޔާގެ ރޭޓުން

އޮފިސަރ (ޓްރޭނީ)

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އޮތޯރިޓީގެ ހުރިހާ ސެކްޝަން/ޔުނިޓްތަކުގެ އެސް.އޯ.ޕީތައް އެކުލަވާލުމާއި، އަޕްޑޭޓްކުރުމުގެ މަސައްކަތް ވިލަރެސްކޮށް، އެސް.އޯ.ޕީތައް ސްޓްރީމްލައިން ކުރުމާއި، އޮތޯރިޓީއާ އެހެނިހެން މުއައްސަސާތަކާއެކު ވެވޭ އެމް.އޯ.ޔޫތައް ނެގޯޝިއޭޓްކުރުމާއި، ސޮއިކުރުމާއި، އެއާ ގުޅޭ އެންމެހައި ކަންކަން ކުރުން.

ޝަރުޠު:

ސީނިއަރ އޮފިސަރ

އެކައުންޓިންގ ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

އޮފިސަރ (ޓްރޭނީ)

އޭލެވެލްގެ 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލްގެ 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން. (މި ފާސްތަކަކީ، އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމުގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން.) 

މަޤާމު:

އޮފިސަރ (ޓްރޭނީ)، އިންޓަރނޭޝަނަލް ޓެކްސޭޝަން (އޮފިސަރ، AOT)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ ޑިޕާޓްމަންޓް / އިންޓަރނޭޝަނަލް ޓެކްސޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ޓެކްނިކަލް އެސިސްޓެންސް ހޯދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެގޮތުން ލިބޭ އެހީތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ރާއްޖެއިން ބޭރުގެ ޓެކްސް އިދާރާތަކާއި ޓެކުހާގުޅޭ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުގެ މެމްބަރޝިޕް ހޯދުމާއި، ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މީރާގެ މަސައްކަތްތައް ކުރިއެރުވުމާ ގުޅޭގޮތުން ބޭރުގެ ޓެކްސް އިދާރާތަކާއި އަދި އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމާއި، ބޭރުގެ އެކިއެކި ޖަމާޢަތްތަކާއި އެކިއެކި ޤައުމުތަކާ ދެމެދު ހެދޭ ޓެކްސް މުޢާހަދާތަކަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި، ނެގޯޝިއޭޓް ކުރުމާއި، މުޢާހަދާތައް ހެދުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، ކޮންފަރެންސްތަކާއި ޓްރޭނިންގތަކާއި އެ ނޫންވެސް އެ ފަދަ ކަންކަމަށް އޮތޯރިޓީގެ ފަރާތުން ރާއްޖެއިން ބޭރަށް ދާ މުވައްޒަފުންނަށް ބޭނުންވާނެ މަޢުލޫމާތު ހިމެނޭ ފައިލް ތައްޔާރުކުރުން.

ޝަރުޠު:

އޭލެވެލްގެ 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލްގެ 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން. (މި ފާސްތަކަކީ، އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމުގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން.)

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން. އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މިމަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަންފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމިކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

އެހެނިހެން އިނާޔަތްތައް

- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

- އޭ.ސީ.ސީ.އޭ މެމްބަރު ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން.

- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގގައި ބައިވެރިކޮށްދިނުން.

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަރވިއުއަށް ބަލައި އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 9 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

19 ޛުލްޙިއްޖާ 1437 

21 ސެޕްޓެންބަރު 2016
ހޯދާ