ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

ކޮނޑޭ މަދަރުސާގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ޔުނިފޯމު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެވަަޑައިގަތުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާގެ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދިނުމަށް އެދި" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 އޮކްޓޫބަރު 2 ވަނަ ދުވަހު މެންދުރުފަހު 12:00 އަށް

2016 އޮކްޓޫބަރު 9 ވަނަ ދުވަހު މެންދުރުފަހު 12:00 އަށް

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުން އެ އެ ފަރާތެއް ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެވަޑައިގަންނަވާއިރު އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އަމިއްލަ ފަރާތަކުން އެ ފަރާތުގެ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް، އެހެން ފަރާތެއް ހާޒިރުވެވަޑައިގަންނަވާނަމަ، ހާޒިރުވެވަޑައިގަންނަވާ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެ ބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެ ފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ފަރާތެއްކަން އަންގައިދޭ ސިޓީއާއެކު، އެ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެންމެ ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި 6820097 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

25 ސެޕްޓެންބަރު 2016
ހޯދާ